ޓުއާ އޮޕަރޭޓަރުންނާއި ޓުއާ އެޖެންސީތަކަށް ހާއްސަ ގާނޫނެއް އެކުލަވާލުމަށް ބާއްވާ މަސައްކަތު ބައްދަލުވުމެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ، ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ޓުއާ އޮޕަރޭޓަރުންނާއި ޓުއާ އެޖެންސީތައް ރެގިއުލޭޓް ކުރަމުންދަނީ ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން އެކުލަވާލައި އަމަލުކުރަމުން އަންނަ ގަވާއިދެއްގެ ދަށުން ކަމަށެވެ.
އެހެންކަމުން އެކަމަށް ހާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރުމަށްޓަކައި ޓުއާ އޮޕަރޭޓަރުންނާއި ޓުއާ އެޖެންސީތަކާއި އަދި ކަމާގުޅުން ހުރި ފަރާތްތަކުގެ ހިޔާލު ހޯދައި މަޝްވަރާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ނިންމާފައިވާ ކަމަށެވެ.
އެ ވޯކްޝޮޕުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެ ފަރާތްތަކުގެ މައުލޫމާތު ނަމާއި އެޑްރެހާއި އީމެއިން އަދި ފޯނު ނަމްބަރު އެނގޭގޮތަށް މާދަމާގެ 12:00ގެ ކުރިން ރައްޔިތުންގެ މަޖިލީހަަށް ހުށަހެޅުމަށް ވެސް މަޖިލީހުގެ އިދާރާއިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު