މަދަނީ ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް "އެންޖީއޯ ގްރާންޓް ޕްރޮގްރާމް"ގެ ނަމުގައި ޔޫތު މިނިސްޓްރީން އިފްތިތާހު ކުރި ޕްރޮގްރާމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
ޔޫތު މިނިސްޓްރީން ބުނީ މަދަނީ ޖަމިއްޔާތަކުން ހިންގާ މުޖުތަމައު ބާރުވެރިކުރުމުގެ މަޝްރޫއުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގައި، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގޮތުން ސަރުކާރުން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން، މަދަނީ ޖަމިއްޔާތަކަށް ދަތިތަކެއް ދިމާވެދާނެ ކަމަށް ފެންނާތީ ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފައިވާ ކަމަށެވެ.
މި ޕްރޮގްރާމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަރު މީގެ ކުރިން ހުޅުވާފައިވަނީ މި މަހުގެ 28 ވަނަ ދުވަހާ ހަމައަށެވެ. ނަމަވެސް ޔޫތު މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ޖަމިއްޔާތަކުން ޕްރޮޕޯސަލް އަންނަ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ހުށަހެޅޭނެ ކަމަށެވެ.
ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ "އެންޖީއޯ ގްރާންޓް ޕްރޮގްރާމް"އަކީ މަދަނީ ޖަމިއްޔާތަކަށް މާލީ އެހީ ފޯރުކޮށްދިނުމަށް އުފައްދާފައިވާ ޕްރޮގްރާމެކެވެ. އެގޮތުން މި ޕްރޮގްރާމްގެ ދަށުން މަދަނީ ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ތިން ކެޓެގެރީއަކުންނެވެ. މި ކެޓެގަރީތަކަކީ ޖެނެރަލް ޕްރޮޖެކްޓް ގްރާންޓްގެ ގޮތުގައި 200000 ރުފިޔާއާ ހަމައަށް އެހީ ފޯރުކޮށްދިނުމާއި، ސްމޯލް ގްރާންޓްގެ ގޮތުގައި 50000 ރުފިޔާއާ ހަމައަށް އެހީ ފޯރުކޮށްދިނުމުގެ އިތުރުން ސްޕެޝަލް ގްރާންޓުގެ ކެޓެގަރީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު