ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާނެ މީހުން ބިނާކުރުމަށް ގައުމީ ޔުނިވާސިޓީ އާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ އެ އެއްބަސްވުމަކީ އިލްމީ ރޮނގުންނާއި އަމަލީ ރޮނގުން، ދެ އިދާރާ ގުޅިގެން މަސައްކަތް ކުރުމަށް އެކުލަވާލި އެއްބަސްވުމެއް ކަމަށެވެ. އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. އަދި ގައުމީ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފެވެ.
މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގެ ދަށުން ޔުނިވާސިޓީގެ އެކެޑެމިކް ޕްރޮގްރާމުތަކާއި ކޯސްތަކުގެ ތެރޭގައި ހިމެނޭ ދާއިރާތަކުން މީހުން ތަމްރީނުކޮށްދިނުމަށް މަގުފަހިކޮށްދޭނެ ކަމަށެވެ.
މި އެއްބަސްވުމަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހި މަސައްކަތްތެރިން އިތުރުކޮށް، ދިވެހިންނަށް އެ ދާއިރާ އިން ވަޒީފާ ހޯދައިދީ އެ ދާއިރާގެ މަތީ މަގާމުތަކަށް ދިވެހިންނަށް ދެވޭ ފުރުސަތުތައް ފަހިކޮށްދިނުގެ މަގުސަދުގައި އެކުލަވާލި އެއްބަސްވުމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު