އާ އަހަރާ ދިމާކޮށް ވެލިގާ ހާޑްވެއާ އާއި ބްލަންކްގެ ފިހާރަތަކުން ކުރިއަށްގެންދިޔަ "އާފެށުމަކަށް" ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވައި އެފަރާތަށް އެއްލައްކަ ރުފިޔާގެ ވައުޗަރު ހަވާލުކޮށްފިއެވެ.

ނަސީބުވެރި ފަރާތް ހޮވުމަށް ގުރުއަތުލުން ކުރިއަށްގެންގޮސްފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ވެލިގާ ހާޑްވެއާ މަޖީދީ މަގު ފިހާރައިގައެވެ. މި އިވެންޓް ވަނީ ވެލިގާ ހާޑްވެއާ އަދި ބްލަންކްގެ ފޭސްބުކް ޕޭޖުން ވަގުތުން ދައްކައިފައެވެ.

ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަށް ހޮވިފައިވަނީ ލަޔާގަތުއެވެ. އޭނާއަށް ވައުޗަރު ހަވާލުކުރީ ވެލިގާ ހާޑްވެއާގެ ޑިރެކްޓަރު އަބޫބަކުރު މުހައްމަދެވެ. މި ވައުޗަރު ބޭނުންކޮށްގެން ވެލިގާގެ ފިހާރަތަކުން ވައުޗަރުގެ އަދަދަށް ވިޔަފާރި ކުރެވޭނެ ކަމަށް އެ ފިހާރައިން ބުންޏެވެ.

ހަ ހަފްތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮމޯޝަންގައި ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް އަދި އިތުރަށް ކުރާ ކޮންމެ 100 ރުފިޔާގެ ވިޔަފާރިއަކަށް އިތުރު ކޫޕަނެއް ކަސްޓަމަރުންނަށް ވަނީ ދޫކޮށްފައެވެ. އަދި 1000 ރުފިޔާއިން މަތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ނަސީބުގެ ބުރު އަނބުރާލައިގެން ވަގުތުންވެސް ވަނީ ގިނަ އިނާމުތަކެއް ކަސްޓަމަރުންނަށް ދީފައެވެ. މިގޮތުން ދޫކުރެވިފައިވާ އިނާމުތަކުގެ ތެރޭގައި ކަށިގަނޑު ސެޓު، ޕަވާ ބޭންކް، އެކްޝަން ކެމެރާ، ނޯޓު ފޮތް ފަދަ އެތައް އިނާމުތަކެއް ހިމެނޭ ކަމަށް ވެލިގާ ހާޑްވެއާ އިން ބުންޏެވެ.

ވެލިގާ އަދި ބްލަންކްގެ ކަސްޓަމަރުންގެ ފަރާތުން މި ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ލިބިފައިވާ އިރު، ކުރިއަށްވެސް ވެލިގާ ހާޑްވެއާ އަދި ބްލަންކް ފިހާރަތަކުން ތަފާތު ޕްރޮމޯޝަންތަކެއް ކުރިއަށްގެންދިއުމަށް ރޭވިފައިވާ ކަމަށް އެފިހާރައިން ބުންޏެވެ.