ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދައިފި އެވެ.
އެމްޑީޕީގެ ފަރާތުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދީ އެޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.
މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދައިގެން ފިޔަވަޅު އެޅުމުގެ ކުރިން އެކަން ސިޓީއަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާފައިވާނެ ކަމަށް އާޒިމް ވަނީ މިދިޔަ ޑިސެމްބަރު މަހު ވިދާޅުވެފަ އެވެ.
އާޒިމް އޭރު ވިދާޅުވީ، މިހާރު އޮތް ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއް ނޫން ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވީ އެމްޑީޕީ ޓިކެޓުގައި އިންތިހާބު ކާމިޔާބު ކުރައްވައިގެން ވަޑައިގެން ހުންނެވި ބޭފުޅަކަށްވާތީ، ރައީސަށް އެވާހަކަ ނުދަންނަވައި އެމަނިކުފާނުގެ ކެބިނެޓްގެ މެންބަރަަކަށް ކަމެއް ކުރުން ނުވަތަ މަގާމުން ވަކިކުރުން އެއީ ކުރާކަމެއް ނޫން ކަމަށެވެ.
މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން އޭނާ މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށާފައި މިވަނީ، ރާއްޖޭގައި އިންޓަނެޓުގެ އަގު ހެޔޮ ނުވާ މައްސަލައިގައި އޭނާ މަގާމުން ވަކިކުރަން މަޖިލީހުގެ ބައެއް މެންބަރުން އިއްޔެ ގޮވާލާފައިވަނިކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު