މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަންގެ ޕްރެސް ކޮންފަރެންސެއް މިއަދު މެންދުރު ބާއްވަން ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ، އެ ޕްރެސް ކޮންފަރެންސް އޮންނާނީ މިއަދު މެންދުރު 1:00 ގައި ކަމަށެވެ. ފްރެސް ކޮންފަރެންސް އޮންނާނީ އޮންލައިންކޮށެވެ.

މަރު ކޮމިޝަންގެ މި ޕްރެސް ކޮންފަރެންސަކީ އެ ކޮމިޝަންގެ ރައީސް ކަމަށް ފަރީޝާ އަބްދުﷲ އައްޔަން ކުރެއްވި ފަހުން ބާއްވާ ފުރަތަމަ ޕްރެސް ކޮންފަރެންސެވެ. އަދި މިއީ އެއް އަހަރާއި ފަސް މަހަށްފަހު އެ ކޮމިޝަންގެ ޕްރެސް ކޮންފަރެންސެއް ބާއްވާ ފުރަތަމަ ފަހަރެވެ.

އެ ކޮމިޝަނުން އެންމެ ފަހުން ޕްރެސް ކޮންފަރެންސެއް ބާއްވާފައިވަނީ ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރު ހުސްނުއްސުއޫދު ކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައި ހުންނަވަނިކޮށެވެ.

މަރު ކޮމިޝަންގެ ޕްރެސް ކޮންފަރެންސެއް މިއަދު ބާއްވާއިރު، އެ ކޮމިޝަނުން އިއްޔެ ވަނީ ނޫސްވެރިޔާ އަހުމަދު ރިޟްވާން ހުޅުމާލޭގައި ދިރިއުޅެމުންދިޔަ ފްލެޓް ކައިރިން، ފެނުނު ވަޅިއެއްގެ މައުލޫމާތު ދޭ މީހަކަށް ފަސް ލައްކަ ރުފިޔާ ހުށަހަޅައިފަ އެވެ.