ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ލިވަޕޫލުން ޖަރުމަނުގެ ރެޑްބުލް ލެއިޕްޒިކާ ދެކޮޅަށް އެގައުމުގައި ކުޅެން އޮތް މެޗު، ހަންގޭރީގެ ބުޑަޕެސްޓްގައި ކުޅެން ޔޫއެފާއިން ނިންމައިފިއެވެ.
އެފަދަ ގޮތަކަށް ޔޫއެފާއިން މެޗު ކުޅޭތަން ބަދަލުކޮށްފައި ވަނީ ޖަރުމަނަށް އެތެރެވުމަށް ލިވަޕޫލަށް ހުއްދަ ނުލިބުމުންނެވެ. ކޮވިޑް 19ގެ ނުރައްކާ ބޮޑުވެފައިވާ ގައުމުތަކުން ޖަރުމަނަށް އެތެރެވުން މަނާ ކޮށްފައިވާ އިރު، އެގައުމުގެ ސަރުކާރުން ޔޫކޭވެސް ކަނޑައަޅާފައިވަނީ ކޮވިޑް 19ގެ ހައިރިސްކް ގައުމެއްގެ ގޮތުގައެވެ. އެއީ ޔޫކޭއިން ފެނިފައިވާ ކޮވިޑް 19ގެ އާ ވޭރިއަންޓްގެ ސަބަބުންނެވެ.
ޖަރުމަނުގައި ކުޅެން ހަމަޖެހިފައި ކުރިން އޮތް މެޗު ބުޑަޕެސްޓަށް ބަދަލުކުރިކަން އަންގައި ޔޫއެފާއިން ބުނެފައިވަނީ މެޗު ފަސްކުރަން އެއްވެސް ހާލަތެއް ނެތް ކަމަށާއި، މެޗު 16 ވަނަ ދުވަހު ބުޑަޕެސްޓްގެ ޕުސްކަން އެރީނާގައި ކުޅެވޭނެ ކަމަށެވެ. އަދި އަނެއް ލެގު 10 މާޗު ވަނަ ދުވަހު އެންފީލްޑުގައި އޮންނާނެއެވެ.
ޔޫއެފާއިން އަންގާފައިވާ އެންގުމުގައި ދެ ކްލަބުގެ ފަރާތުންވެސް ބެހެއްޓި ގާތް ކަމާއި ހައްލު ހޯދުމުގައި ގެންގުޅެފައިވާ އިހުލާސްތެރި ވިސްނުމަށް ޝުކުރު އަދާކޮށްފައިވެއެވެ. އޭގެ އިތުރުން ހަންގޭރީގައި މެޗު ބޭއްވުމަށް ހަންގޭރީގެ ފުޓުބޯޅަ އިދާރާއިން ދިން އެއްބާރުލުމަށްވެސް ޔޫއެފާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
ލިވަޕޫލުން 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގު އުފުލާލާފައިވާ އިރު، މިދިޔަ އަހަރު މުބާރާތުން ކެޓީ އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވެގެންނެވެ. މިދިޔަ ސީޒަން މެދުތެރެއިން ޔޫއެފާގެ ހުރިހާ މުބާރާތްތަކެއް މެދުކަނޑާލުމަށްފަހު އަލުން ފަށައިގެން ޗެމްޕިއަންސް ލީގު ނިންމާފައިވާ އިރު، އެންމެފަހުގެ ޗެމްޕިއަނުންނަކީ ބަޔާން މިއުނިކެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު