ގދ. ތިނަދޫ، ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑުކޮށް މަރާމާތު ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެމްޓިސީސީން ބުނެފި އެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން، އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތުގެ އެކްސްކަވޭޝަން މަސައްކަތްތަކާއި ކޮންކްރީޓް މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އޯޕީޑީ އިމާރާތް ކުރުމުގެ މަސައްކަތުގެ 40 ޕަސެންޓް ނިމިފައިވާ ކަމަށްވެސް އެ ކުންފުނީން ބުނެ އެވެ.
މި މަޝްރޫއުގައި އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތް ކުރުމުގެ އިތުރުން އިމަޖެންސީ ރޫމް މަރާމާތު ކުރުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށްވެސް އެމްޓިސީސީން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު