މަޝްހޫރު ބޮލީވުޑް އެކްޓްރެސް އާއިލާ ބަޓް އާއި ކޮއްކޮ ޝާހީން ބަޓް ކުރު ޗުއްޓީ ހޭދަކުރުމަށް ރާއްޖެއަށް އަތުވެއްޖެ އެވެ.

އާއިލާގެ މި ދަތުރުގައި އޭނާގެ އެކުވެރީން ކަމުގައިވާ އަކަންޝާ ރަންޖަން ކަޕޫރާއި އަނުޝްކާ ރަންޖަން ކަޕޫރު ވެސް ރާއްޖެ އައިސްފައި ވެއެވެ.

ބޮލީވުޑްގެ ހަބަރުތައް ކަވަރުކުރާ އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އާއިލާ އާއި ކޮއްކޮ އަދި އެކުވެރީން ޗުއްޓީ ހޭދަކުރަމުން އަންނަނީ އަޒޫރު ބީޗް މޯލްޑިވްސްގަ އެވެ.

އާއިލާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ މަހޭޝް ބަޓްގެ "ސަޅަކް-2" އިންނެވެ. އަމީތާބް ބައްޗަން އާއި ރަންބީރް ކަޕޫރް ލީޑް ރޯލުން ފެނިގެންދާ ފިލްމު "ބްރަހްމާސްތުރާ" އިން ވެސް ވަރަށް އަވަހަށް އާލިއާ ފެންނާނެ އެވެ.