ޕްރިޔަންކާ ޗޯޕްރާގެ ގެޔަކަށް ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޖެކުއެލިން ފެނާންޑިސް ބަދަލުވެއްޖެ އެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުގައި ޖެކުއެލިން ބަދަލުވި ގެޔަކީ ޕްރިޔަންކާގެ ގެތަކުގެ ތެރެއިން މުމްބާއީގައި ހުންނަ ގެއެކެވެ. އެގޭގެ އަގު 7 ކްރޯޑު އިންޑިއަން ރުޕީސް އަށް އަރާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިދިޔަ އަހަރުތަކުގައި ޖެކުއެލިން ކުއްޔަށް އުޅެމުން އައީ ބާންޑްރާ ގައި ހުންނަ އެޕާޓްމެންޓެއްގަ އެވެ.

ޖެކުއެލިން މިދުވަސްވަރު އެންމެ ބާރަށް ކުރިޔަށް ގެންދަނީ ފިލްމު ސާކަސް ގެ ޝޫޓިން އެވެ. އެ ފިލްމުގައި ޖެކުއެލިން އާއިއެކު ރަންވީރު ސިންގު އަދި ޕޫޖާ ހެޖް ވެސް ހަރަކާތްތެރި ވެއެވެ. ފިލްމުގެ ޑައިރެކްޓަރަކީ ރޯހިތު ޝެޓީ އެވެ.

އިންޑިއާގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ބޮލީވުޑްގެ ތަރީން ހިމެނެ އެވެ.