މިޔަންމާގައި ހަމަޖެހުން ގާއިމް ކުރުމަށް ފޭސްބުކް ބްލޮކް ކޮށްފިއެވެ.
ބަގާވާތަކަށްފަހު މިޔަންމާގެ ރައްޔިތުން އެގައުމުގެ ހާލަތު ބޭރުގެ ގައުމުތަކަށް އެންމެ ފަސޭހައިން ފޯރުކޮށްދެމުން ގެންދަނީ ފޭސްބުކް މެދުވެރިކޮށް ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.
މިޔަންމާގެ މިލިޓަރީން އެގައުމުގައި ފޭސްބުކް ބްލޮކް ކޮށްފައިވަނީ ހަމަޖެހުން ގާއިމްކުރުމަށް ކަމަށް އޮފިޝަލުން ބުނެއެވެ.
މިޔަންމާގެ ލީޑަރު އަންގް ސަންގް ސޫކީ ހައްޔަރުކޮށްފައިވާއިރު އެގައުމު ހަމަ މަގަށް އެޅުވުމަށް ކަމަށްބުނެ އާމީ އިން ވަނީ ގައުމާ ހަވާލުވެފައެވެ.
ފޭސްބުކުން ވަނީ މިޔަންމާގެ އޮފިޝަލުންގެ ނިންމުން ބަލައިގަނެފައެވެ. ނަމަވެސް އާންމުންނަށް ކުރިމަތިވާނެ ދަތިތަކާއި އެގައުމުން މުހިންމު މައުލޫމާތު ފޯރުކޮށްދިނުމަށް ހުރަސް ނޭޅުމަށް ވަނީ އެދިފައެވެ.
މިޔަންމާގެ ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން އިން ފޭސްބުކް ބްލޮކް ކޮށްފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ