‏ރައްޔިތުންގެ މަޖިލީހުގެ ލައިބުރަރީގެ ކެޓަލޮގާއި ޑިޖިޓަލް އަރުޝީފް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިފްތިތާހުކޮށްދެއްވައިފި އެވެ.

މަޖިލީހުގެ ލައިބްރަރީ އާއި އަރުޝީފް އެމަނިކުފާނު ހުޅުއްވައިދެއްވީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.

މަޖިލީހުގެ އަރުޝީފުގައި ގާތްގަނޑަކަށް 6688 ލިޔުން ހިމެނޭ އިރު 1529 ވީޑިއޯ އަދި 2133 ފޮތް ހިމެނެ އެވެ. މީގެ އިތުރުން 2214 ފައިލް އަދި ދިހަ ހާހަށްވުރެ ގިނަ ފޮޓޯ ހިމެނެ އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށްޓަކައި ރައީސް ސޯލިހު އިއްވެވި ރިޔާސީ ބަޔާނުގައި ވަނީ މިއަހަރަށް ކުރަން ރާވާފައިވާ މުހިންމު މަސައްކަތްތައް ފާހަގަ ކުރައްވާފަ އެވެ.