އައްޑޫ ސިޓީ ޑެޕިއުޓީ މޭޔަރުކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޔަސްރިފް، އެ މަގާމުން އިސްތިއުފާދެއްވުމަށް ނިންމަވައިފިއެވެ.
ޔަސްރިފް "ވަން" އަށް ވިދާޅުވީ އައްޑޫ ޑެޕިއުޓީ މޭޔަރުކަމުގެ މަގާމުން މާދަމާއިން ފެށިގެން އިސްތިއުފާދެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި އިސްތިއުފާގެ ސިޓީ މާދަމާ ކައުންސިލަށް ހުށަހަޅާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޔަސްރަފް ވިދާޅުވީ އައްޑޫ ޑެޕިއުޓީ މޭޔަރުކަމުގެ މަގާމުން އިސްތިއުފާދެއްވަން ނިންމެވީ އެހެން ދިމާލަކަށް ވަޒީފާ ބަދަލުކުރުމުގެ ވިސްނުން ހުރުމާ ގުޅިގެން ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޔަސްރިފް މަގާމުން އިސްތިއުފާދެއްވަނީ އައްޑޫ ސިޓީ ކައުންސިލްގެ ޕްރޮޖެކްޓް އެންޑް ޕްލޭނިން ޑިޕާޓްމެންޓުގެ ޑިރެކްޓަރުގެ މަގާމާ ހަވާލުވުމަށެވެ.
އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގާމާ ޔަސްރިފް ހަވާލުވެވަޑައިގެންނެވީ 2017 ވަނަ އަހަރުއެވެ. އޭނާއަކީ ހިތަދޫ ދެކުނު ދާއިރާއިން ހޮވިވަޑައިގެންނެވި ކައުންސިލަރެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ވާދަކުރެއްވުމަށް ޔަސްރިފް ނިންމެވި ނަމަވެސް އެމްޑީޕީގެ ޕްރައިމަރީގައި އޭނާ ވަނީ ނާކާމިޔާބުވެވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު