އިންޓަގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ ފުރަތަމަ ފިޔަވަހީގެ ސާވިސް އެއްބަސްވުމުގައި ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ފުރަތަމަ ފިޔަވަހީގައި ހއ، ހދ އަދި ށ އަތޮޅުގައި އެކަށީގެންވާ ހެޔޮ އަގެއްގައި، ޒަމާނީ ފެންވަރުގެ ހައި ސްޕީޑް ފެރީގެ ހިދުމަތް މިއަހަރުގެ ނޮވެމްބަރު މަހުގައި ފެށޭނެ ކަމަށެވެ.
ފުރަތަމަ ފިޔަވަހީގެ އިންވެސްޓްމަންޓަކީ 157 މިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 50 މިލިއަން ރުފިޔާއަކީ އެ ހިދުމަތް ފެށުމަށް ސަރުކާރުން ދޭ އެހީއެވެ.
ހައި ސްޕީޑް ފެރީގެ ހިދުމަތް ދިނުމުގެ ސާވިސް އެއްބަސްވުމުގައި އެމްޓީސީސީއާއެކު ސޮއިކޮށްފައިވާ އިރު، އެމްޓީސީސީން މިހާރު ވަނީ ހައި ސްޕީޑް ފެރީގެ ހިދުމަތަށް ބޭނުންވާ އުޅަނދުތައް ތައްޔާރުކޮށްދޭނެ ފަރާތްތައް ހޯދުމަށް އިއުލާންކޮށްފައެވެ.
ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅައިލުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހއ. އަތޮޅާއި ހދ. އަތޮޅު އަދި ށ. އަތޮޅުގެ ޖުމްލަ 41 ރަށަކަށް ހިދުމަތް ދޭނެއެވެ. އެ ދަތުރުތަކުގައި 14 ލޯންޗެއް ބޭނުންކުރާ އިރު، ބެކަޕްގައި ތިން ލޯންޗެއް ބޭނުންކުރާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު