ލަންކާގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 300 އިން މައްޗަށް އަރައިފިއެެވެ.

ލަންކާގެ ސަރުކާރުގެ އިންފޮމޭޝަން ޑިޕާޓްމަންޓުން ވަނީ ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އަށް މީހުން މަރުވެފައިވާ ކަމަށާއި ޖުމްލަ އަދަދު 305 އަށް އަރާފައިވާ ކަމަށް ބުނެފައެވެ.

ލަންކާގެ ކޮވިޑްގެ ހާލަތު ގޯސްވެފައިވާ އިރު، އެގައުމުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 61،586 އަށް އަރައިފައެވެ.

ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މީހުން ވަޅުލުމުގެ މަައްސަލައިގައި އެގައުމުން ވަނީ ހިޔާލު ތަފާތުވުން އުފެދިފައެވެ. އަދިވެސް އެގައުމުން ކޮވިޑް ޖެހިގެން މަރުވާ މީހުން ދަނީ އަންދަމުންނެވެ.

ލަންކާއިން ވަނީ ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ދޭން ފަށައިފައެވެ. އެގައުމުގައި މިހާތަނަށް 5،000 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވެއެވެ.