ސިންގަޕޫރު އެއާލައިންސްގެ ހުރިހާ މުވައްޒަފުންނަށް ކޮވިޑް ވެކްސިން ދޭން ނިންމައިފިއެވެ.

ސިންގަޕޫރު އެއާލައިންސް އިން ވަނީ އެ އެއާލައިންގެ ހުރިހާ ކްރޫއިންނާއި ޕައިލެޓުންގެ އިތުރުން ގޭޓު އެޖެންޓުންގެ އިތުރުން އެއެއާލައިންގެ މުވައްޒަފުންގެ ތެރެއިން ފަސިންޖަރުންނާ ސީދާ ދިމާވާ ހުރިހާ ފަރާތްތަކަށް ކޮވިޑް ވެކްސިން ދިނުމަށް ނިންމާފައެވެ.

ސިންގަޕޫރު އެއާލައިންސްގެ ސީއީއޯ ގޮހް ޗޫން ޕޮންގް ނެރެފައިވާ ބަޔާނެއްގައި ވިދާޅުވީ ސިންގަޕޫރު ސަރުކާރުން އެގައުމުގެ އޭވިއޭޝަން ދާއިރާއަށް ނިސްބަތްވާ ހުރިހާ ފަރާތްތަކަށް ވެކްސިން ޖެހުމުގައި އިސްކަން ދިނުމަށް ނިންމާފައިވާތީ އެކަމާ އުފާކުރާ ކަމަށެވެ.

ބަޔާނުގައިވަނީ ސިންގަޕޫރުގެ އިގްތިސޯދަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމާއި އެގައުމު ބަލިމަޑުކަމުން ސަލާމަތްވުމަށް ސަރުކާރުން އޭވިއޭޝަން ދާއިރާއަށް އިސްކަންދިނުމުން އެދާއިރާގެ މުހިއްމުކަން ސަރުކާރުން ދެކޭ ކަަން އެނގިގެންދާ ކަމަށެވެ.

ސިންގަޕޫރު އެއާލައިނުން ހުޅުވާލި ފުރުސަތުގައި އެއެއާލައިންގެ 5200 މުވައްޒަފުން ވަނީ ވެކްސިން ޖެހުމަށް ނަންނޯޓު ކޮށްފައެވެ.

ސިންގަޕޫރު ސަރުކާރުން ވަނީ އެގައުމުގެ ރައްޔިތުންނަށް ވެކްސިން ދިނުމަށް ފައިޒާ ވެކްސިން ގަނެފައެވެ.