އިރާގުގައި ޖާނުންފިދާވެގެން ދިން ހަމަލާގެ ޒިންމާ އައިއެސް އިން ނަގައިފިއެވެ.

އިރާގުގެ ބަގްދާދުގައި ޖާނުންފިދާވެގެން ދިން އެ ހަމަލާގައި 32 މީހުން މަރުވެފައިވާއިރު 100 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައި ވެއެވެ.

އިރާގުގެ ސުންނީ އިސްލާމިސްޓް މިލިޓަންޓް ގްރޫޕުން ނެރެފައިވާ ބަޔާނެއްގައިވާގޮތުން އެ ހަމަލާ އަމާޒުކޮށްފައިވަނީ ޝިއާ މުސްލިމުންނަށެވެ. މިއީ ވޭތުވެދިޔަ ތިން އަހަރުތެރޭ ވެރިރަށް ބަގްދާދުގައި ޖާނުންފިދާވެގެން ދިން އެންމެ ބޮޑު ހަމަލާކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެއެވެ.

ބަގްދާދުގެ ތަޔާރަން ސްކެއާގައި ހުންނަ މާރުކޭޓެއްގައި ބޮން ގޮއްވާލި ވަގުތު ގިނަ އަދަދެއްގެ ބަޔަކު ބަޒާރުގައި ތިބިކަމަށް އޮފިޝަލުން ބުނެއެވެ.

ހަމަލާ ދިންތާ ކުޑައިރުކޮޅެއްގެ ތެރޭ އިސްލާމިކް ސްޓޭޓުގް ޓެލެގްރާމް އެކައުންޓް މެދުވެރިކޮށް ހަމަލާގެ ޒިންމާ ނަގާފައި ވެއެވެ.