ދުނިޔެ

ބައިޑެންގެ ހުވައި ކުރުމުގެ ރަސްމިއްޔާތުން ފެނުނު އާދަޔާ ހިލާފު މަންޒަރު! މީހުންގެ ބަދަލުގައި ދެލައްކަ ދިދަ

މުހައްމަދު އައުޒަމް

އެމެރިކާގެ އާ ރައީސް ޖޯ ބައިޑެން ހުވާ ކުރުމަށް ވޮޝިންޓަންގެ ޗެޕިޓޯލްގެ ބޭރުގައި ބޭއްވި ރަސްމިއްޔާތަށް، އެހެން ރަސްމިއްޔާތުތަކާ ހިލާފަށް އާންމުންނަކަށް ނުވަދެވުނެވެ.

ރައީސްގެ ހުވައިކުމުރުމުގެ ރަސްމިއްޔާތުގެ ކަންކަން ހަމަޖެއްސުމަށް އެކުލަވާލާފައިވާ ކޮމިޓީން ވަނީ އެގައުމުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑްގެ ބަލިމަޑުކަމުގެ މި ވަގުތުގައި އާންމުންނަށް އެއްވުމުގެ ފުރުސަތު ދީގެން ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުން ރައްކާތެރި ނޫންކަމަށް ކަނޑައަޅާފައެވެ.

ބައިޑެން ހުވާ ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތަށް ދައުވަތު ދީފައިވަނީ އެންމެ މަތީ ފަންތީގެ އޮފިޝަލުންނަށް އެކަންޏެވެ.

ބައިޑެން ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ---

އިންތިޒާމު ކޮމިޓީން ވަނީ އެރަސްމިއްޔާތުގައި މީހުން ތިބޭ ސަރަހައްދު އެތައް ސް ދިދައިން ފުރާލާފައެވެ. ދިދަތަކުގެ ތެރޭގައި އެމެރިކާގެ ރަސްމީ ދިދަ އާއި އެގައުމުގެ ސިޓީތަކަށް ހާއްސަ ކޮށްފައި ހުންނަ ދިދަތަކުން އެސަރަހައްދު ވަނީ ފުރާލާފައެވެ.

އެކިސައިޒުގެ 191،500 ދިދަ އެސަރަހައްދުގައި ހަރުކޮށްފައިވާކަމަށް ކޮމިޓީން ވަނީ ހާމަކޮށްފައެވެ. ދިދަތައް ރަމްޒުކޮށްދެނީ ބަލިމަޑިކަމުގެ އާންމު ރައްޔިތުން ކަމަށާއި މިކަމުގެ ސަބަބުން ގޭގައި ތިބެ ރައްކާތެރިކަމާއެކު ރަސްމިއްޔާތު ބަލަން ކޮމިޓީން އެދިފައިވެއެވެ.

މިމަހުގެ ކުރީކޮޅު އެމެރިކާގެ ގާނޫން ހަދާ މަޖިލިސް، ކެޕިޓޯލް ގައި ހިނގި ހަމަނުޖެހުމާއެކު ބައިޑެންގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ވަނީ ވޮޝިންޓަންގެ ބޮޑު ބައެއް ބަންދުކޮށް ހުވާކުރާ ސަރަހައްދުގައި 25،000 ސިފައިން ހަރަކާތްތެރިވެފައެވެ.