ވައިޓް ހައުސް ދޫކޮށް ވަޑައިގެންނެވި ނަމަވެސް، އަދި އެނބުރި ވަޑައިގަންނަވާނެ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް މިހެން ވިދާޅުވީ ވައިޓް ހައުސް ދޫކޮށް ވަޑައިގެންނެވުމުގެ ކުރިން ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުންނެވެ.
ވޮޝިންޓަނުން ފްލޮރިޑާ އަށް ވަޑައިގެންނެވުމުގެ ކުރިން އެއާޕޯޓުގައި ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ އެމެރިކާގެ ރައީސް ކަން ކުރެއްވުމުގެ ޝަރަފު ލިބިވަޑައިގެންފިކަން ފާހަގަކުރައްވައި ވެސް ވާހަކަފުޅު ދައްކަވައިފަ އެވެ.
ޓްރަމްޕް ވަނީ ޖޯ ބައިޑަންގެ ހުވައިކުރެއްވުމުގެ ރައްމިއްޔާތަށް ވަޑައިގެންނެވުމަށް ދެކޮޅު ހައްދަވާފައެވެ. ނަމަވެސް ސަޕޯޓަރުންނާ މުހާތަބުކުރައްވައި ޓްރަމްޕް ވަނީ އާ ސަރުކާރަށް ކާމިޔާބަށް އެދިވަޑައިގެން ފާގަތި މުސްތަގުބަލަކަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
ޓްރަމްޕް ވިދާޅުވީ އެމަނިކުފާނުގެ ޒައާމަތުގައި އެމެރިކާއަށާއި ގައުމުގެ ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދެއްވިފައިވާ ކަމަށެވެ. އެގޮތުން ގިނަ ވަޒީފާތައް އުފެއްދުމުގެ އިތުރުން އެގައުމުގެ ސްޕޭސް ފޯސް އާއި ޓެކްސް އަށް ގެނެވިފައިވާ ބަދަލުތައް ފާހަގަކުރެއްވި އެވެ.
ޓްރަމްޕްގެ އޯޑަރަށް އެމަނިކުފާނުގެ ސަޕޯޓަރުން ވޮޝިންޓަންގައި ހުންނަ އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ވަދެގަނެ ތަކެއްޗައް ގެއްލުން ދީފައިވަ މައްސަލައިގައި ގާނޫނު ހަދާ މަޖިލީހުން ވަނީ ޓްރަމްޕް އިމްޕީޗް ކޮށްފައެވެ. އަދި އެގައުމުގެ ގިނަ ބަޔަކު ވަނީ ޓްރަމްޕްގެ އަމަލާމެދު ނުރުހުން ފާޅުކޮށްފަވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ