އެމެރިކާގެ އާ ރައީސް، ޖޯ ބައިޑެން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ހަރަކާތްތެރިވާ އެގައުމުގެ ނެޝަނަލް ގާޑް އާމީގެ ދެ މެންބަރު އެ ދުވަހުގެ ޑިއުޓީން ދުރުކޮށްފިއެވެ.
އެމެރިކާގެ އިންތިހާބީ ރައީސް ޖޯބައިޑަން ހުވާކުރެއްވުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތުގެ ތައްޔާރީތައް ކުރިޔަށްދާއިރު އެ ރަސްމިއްޔާތުގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފައެވެ.
އެމެރިކާގެ ޑިފެންސް އޮފިޝަލަކާ ހަވާލާދީ ސީއެންއެން އިން ވަނީ އާމީގެ ދެ މެންބަރުން މަސްއޫލިއްޔަތުތަކުން ދުރުކޮށްފައިވަނީ އެގައުމުގެ ހަރުކަށި ގުރޫޕުތަކާއި ސަލާމަތީ ބާރުތަކާއި ގުޅުން ނޯންނަކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށް ބުނެފައެވެ.
އެމެރިކާގެ އާ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔަތުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާއިރު ނެޝަނަލް ގާޑްގެ 25،000 ސިފައިން ވަނީ ވޮޝިންޓަނަށް ނެރެފައެވެ.
އެރަސްމިއްޔާތަށް ވޮޝިންޓަނުގެ ބޮޑު ސަރަހައްދެއް ބަންދު ކޮށްފައިވާއިރު އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި މިމަހުގެ ކުރީކޮޅު ހިނގިފަދަ ހަމަނުޖެހުމެއް ނުހިނގާނެކަން ކަށަވަރު ކުރާނެ ކަމަށް އާމީ އިން ބުނެއެވެ.