އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް، މިހާރު ވެސް އެ ޕާޓީގެ ރައީސްކަން ކުރައްވާ ޝައިހް އިމްރާން އަބްދުﷲ ވާދަކުރައްވަން ނިންމަވައިފި އެވެ.
މި ސަރުކާރުގެ ހޯމް މިނިސްޓަރުގެ މަގާމުގައި ވެސް ހުންނެވި އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރުގެ މުއްދަތަށް އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް ވާދަކުރުމަށް ނިންމަވައި އެ މަގާމަށް ކުރިމަތިލައްވާފައިވާ ކަމަށެވެ.
"(ކުރިމަތިލާން) ނިންމީ ގައުމުގެ ހާލަތު ހުރިގޮތުން އޭޕީ އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމުގައި އަޅުގަނޑުގެ ދައުރު މުހިންމު ކަމަށް އޭޕީގެ ގިނަ މެންބަރުން ފާހަގަކުރައްވާތީ،" އިމްރާންގެ ޓުވީޓުގައި ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބު މިމަހުގެ 30 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ބަންދުވާނެ އެވެ. އަދި އެޕާޓީގެ އެތެރޭގެ އިންތިހާބުގައި ވޯޓު ލެވޭނީ މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެޕާޓީގެ މެންބަރެއްގެ ގޮތުގައި ތިބޭ މީހުންނަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު