އުރީދޫ މޯލްޑިވްސްއިން ގޭމިންގް ކޯޑް އަދި އީ-ގިފްޓް ކާޑް ގަނެވޭނެ އިންޓަނޭޝަނަލް އޮންލައިން ޕްލެޓްފޯމް ކާޓީ ސްޓޯ މިއަދު ރާއްޖެއަށް ތައާރަފުކޮށްފިއެވެ.
ކާޓީ ސްޓޯ މެދުވެރިކޮށް ގޭމިން، މިއުޒިކް، އައި ޓިއުންސް، ގޫގްލް ޕްލޭ، ޕްލޭސްޓޭޝަން، އެކްސް ބޮކްސް، ނެޓްފްލިކްސް، ސްޕޮޓިފައި، ޕަބްޖީ، ލީގް އޮފް ލެޖެންޑްސް، ވާލްޑް އޮފް ވޯކްރާފްޓް ފަދަ އީކޮމާސް އަދި ގޭމިން ޕްލެޓްފޯމްތަކުގައި ބޭނުންކުރުމަށް ގިފްޓް ކާޑް ފަސޭހަކަމާއެކު ގަނެވޭނެ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫ މޯލްޑިވްސް އާއި ކާޓީގެ މި ޕާޓްނާޝިޕްގެ ދަށުން އުރީދޫ ކަސްޓަމަރުންނަށް ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުން ކުރުމަކާ ނުލައި ކާޓީ ސްޓޯއިން ތަކެތި ގަތުމުގެ ފަސޭހަކަން ލިބިގެންދާނެއެވެ. އެގޮތުން ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ބިލުގައި ހިމަނާގޮތަށް ހިދުމަތް ހޯދޭއިރު ޕްރީޕެއިޑް ކަސްޓަމަރުންނަށް މޯބައިލް ބެލެންސްގައި ހުރި އަދަދަކުން ކާޓީ ސްޓޯއިން ތަކެތި ގަތުމަށް ބޭނުންކުރެވޭނެއެވެ.
އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބް ހާން ވިދާޅުވީ، އޮންލައިންކޮށް ބައެއް ހިދުމަތްތައް ހޯދުމަށް ޑެބިޓް ނުވަތަ ކްރެޑިޓް ކާޑު ބޭނުންކުރަން ޖެހުމަކީ ބައެއް ފަރާތްތަކަށް އުނދަގޫ ކަމެއް ކަމަށާއި އުރީދޫއާ ކާޓީ ސްޓޯ ގުޅިގެން ހުޅުވާލި ޕްލެޓްފޯމުގެ ސަބަބުން ގޭމިން ފަދަ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ ކަމަށެވެ.
"އުރީދޫ ކަސްޓަމަރުން ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކުރުމަކާ ނުލައި ކާޓީ ސްޓޯއިން އައިޓިއުންސް، ނެޓްފްލިކްސް، އެމޭޒަން، ޕްލޭސްޓޭޝަން، އެކްސްބޮކްސް އަދި މިނޫންވެސް އެތަކެއް ގިނަ ޕްލެޓްފޯމްގައި ބޭނުންކުރުމަށް ގިފްޓް ކާޑް އަދި ކޯޑްސް ބައްލަވައިގަތުމުގެ ފަސޭހަކަން ލިބިގެންދާނެ." ނަޖީބް ހާން ވިދާޅުވިއެވެ.
- 1. އިންޓަނެޓް ބްރައުޒާގައި https://www.kartistore.com/ ޖައްސަވާ
- 2. ރެޖިސްޓާ ކުރުމަށް ސައިންއަޕް ލިންކަށް ފިއްތާލާ
- 3. ރެޖިސްޓްރޭޝަން ފުރިހަމަވުމުން އެކްޓިވޭޓް ކުރުމަށް ލިބޭ އީމެއިލްގައިވާ ލިންކަށް ފިތާލާ
- 4. އެކައުންޓް އެކްޓިވޭޓް ވުމުން ކާޓީ ޕްލެޓްފޯމަށް ލޮގިން ކުރެވޭނެ
- 5. ލޮގިން ކުރެވުމުން ކާރޓީ ކާޑު ގަތުމަށް "ބައި އަ ކާޑް" ލިންކަށް ފިތާލާ
- 1. ބޭނުންވާ ބްރޭންޑް އިހުތިޔާރު ކުރުން
- 2. ބޭނުންވާ އަދަދު އިހުތިޔާރު ކުރުން
- 3. މޯބައިލް ނަންބަރު ޖެހުމަށްފަހު ޕާޗޭސްއަށް ފިއްތާލުން
- 4. ޕާޗޭސް ފުރިހަމަ ކުރުން ޔަގީން ކުރުމަށް ޕިން ނަމްބަރެއް މޯބައިލް ފޯނަށް ލިބިގެންދާނެ
- 5. ޕިން ނަންބަރު ޖަހައި ކޮންފާމް އަށް ފިއްތާލާ
- 6. ޕިން ނަންބަރު ރަނގަޅަށް ޖެހެމުން ގަތް ކާޑު މައި ކާޑްސް އިން ފެންނާނެ
އިތުރު މައުލޫމާތު ހޯދުމަށް: http://ore.do/karti ޒިޔާރަތްކުރުމަށް އުރީދޫން އެދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު