ރާއްޖެއިން ބޭރުގައި ގާއިމުކޮށްފައިވާ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ވެރިންގެ މެދުގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށްފަހު، ފޮރިން މިނިސްޓްރީގެ ދަށުން ހިންގާ ފޮރިން ސާވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް)ގެ ގަވަނިން ބޯޑްގެ މެންބަރުންގެ މެދުގައިވެސް މިންތީގެ ހަމަހަމަކަން ގާއިމުކޮށްފިއެވެ.
މިދިޔަ އާދިއްތަ ދުވަހު ބޭއްވި ފޮސިމްގެ ގަވަނިން ބޯޑުގެ ހަތަރުވަނަ ބައްދަލުވުމަކީ އެ އިންސްޓިޓިއުޓް އުފެދުނު ފަހުން އަންހެން/ފިރިހެން ދެ ޖިންސް އަދަދު ހަމަހަމަކޮށް ބޯޑުގެ މެންބަރުން ތިބި ފުރަތަމަ ބައްދަލުވުމެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، އަމާޒަކީ ފޮސިމް އިތުރަށް ހަރުދަނާކުރުން ކަމަށާއި އެކަމަކީ ނަތީޖާ ނެރޭ ފޮރިން ސާވިސްއެއް އުފެއްދުމަށް މުހިއްމު ކަމެއް ކަމަށެވެ.
ހާރިޖިއްޔާގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު