އައިޖީއެމްއެޗުގެ ލެބޯރެޓަރީން 200،000 ކޮވިޑް 19 ޕީސީއާރު ޓެސްޓު ހަދާފައިވާ ކަމަށް އެ ހޮޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުން މިއަދު ބުނީ، އެ ހޮސްޕިޓަލުގެ ލެބުން ޖުމްލަ 203450 ޕީސީއާރު ޓެސްޓު ހަދައި، ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އައިޖީއެމްއެޗުގެ ލެބޯރެޓަރީން 100،000 ކޮވިޑް ޕީސީއާރު ޓެސްޓު ހަދާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ.

އައިޖީއެމްއެޗުން ކޮވިޑުގެ ޕީސީއާރު ޓެސްޓު ކުރަން ފަށާފައިވަނީ ފެބްރުއަރީ 29 ވަނަ ދުވަހު އެވެ. އެއީ އެންމެ ތިން މުވައްޒަފުން ހިމެނޭ ޓީމަކުންނެވެ.

އަދި މާޗު ހަތް ވަނަ ދުވަހު ރާއްޖޭން ކޮވިޑުގެ ފުރަތަމަ ކޭސް ފެނުނު ހިސާބުން ފެށިގެން، އެ ހޮސްޕިޓަލުގެ ލެބޯޓަރީން 24 ގަޑިއިރު މެދުނުކެނޑި ކޮވިޑުގެ ޕީސީއާރު އަންނަނީ ހަދަމުންނެވެ.