މިއަހަރުގެ ފުރަތަމަ ދެ ހަފުތާ ތެރޭގައި ރާއްޖެއަށް 47،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިމަހުގެ އެއްވަނަ ދުވަހުން އިއްޔެގެ ނިޔަލަށް ރާއްޖެއަށް ވަނީ 47،079 ފަތުރުވެރިން އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 47.4 އިންސައްތަ ދަށް އަދަދެކެވެ.
މި މަހުގެ ތެރޭގައި އެވްރެޖުކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 2،942 ފަތުރުވެރިން އާދެއެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖޭގައި އެވްރެޖުކޮށް ނުވަ ދުވަސް ހޭދަކުރެއެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. އެގޮތުން އެގައުމުން 12،029 ފަތުރުވެރިން އައިސްފައިވާ އިރު، ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާއިން އައީ 8،042 ފަތުރުވެރިންނެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ ޔޫކްރެއިނުންނެވެ.
އާ އަހަރާ ދިމާކޮށް ފަތުރުވެރިކަން ރަނގަޅުވަމުން އަންނައިރު 47،930 ޓޫރިސްޓު އެނދު މިހާރު ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ.
ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވާލީ 15 ޖުލައި 2020 ގައެވެ. މިދިޔަ އަހަރު ރާއްޖެއަށް 500،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު