ޗައިނާގައި ކޮވިޑް ސާމްޕަލް ނެގުމަށް ރޮބޮޓުން ބޭނުންކުރަން ފަށައިފިއެވެ.

ޗައިނާގެ އުތުރުން ލިއާއޯނިންގް ޕްރޮވިންސްގެ ޝެންޔަންގައި ކޮވިޑަށް ޓެސްޓު ކުރުމުގެ ބޮޑު ހަރަކާތެއް ފަށާފައިވާ އިރު، އެކަމުގައި ރައްކާތެރި އަދި މިހާރަށްވުރެ މަސައްކަތް ހަލުވިކުރުމަށް ޗައިނާއިން އުފައްދާފައިވާ ލިންގްސައި ރޮބޮޓް ބޭނުންކުރަން ވަނީ ފަށައިފައެވެ.

ރިމޯޓެއްގެ އެހީގައި މަސައްކަތްކުރާ އެ ރޮބޮޓް ރައްކާތެރިކަމާއެކު މީހުންގެ ނޭފަތުންނާއި އަނގައިން ސާމްޕަލް ނަގައެވެ.

އެ ސިޓީގެ އޮފިޝަލުން ވަނީ ރޮބޮޓް ބޭނުންކުރަން ފަށާފައިވަނީ މަސައްކަތް އަވަސްކުރުމުގެ އިތުރުން ސިއްހީ މަސައްކަތްތެރިންނަށް ބަލި ޖެހުމުގެ ފުރުސަތު ކުޑަކުރުމުގެ މަގުސަދުގައެވެ.

https://www.youtube.com/watch?v=9CO5SMWJebo

ޝެންޔަންގެ އިންސްޓިޓިއުޓް އޮފް އޮޓޯމޭޝަން އާއި ޗައިނާގެ ސެކަޑެމީ އޮފް ސައިންސް ގުޅިގެން އުފައްދާފައިވާ އެ ރޮބޮޓުން އަމިއްލައަށް ސާމްޕަލް ނެގުމުގެ އިތުރުން ސާމްޕަލް ނަގާ މީހާގެ މައުލޫމާތު އެއްކުރުމުގެ ގާބިލުކަން ވެސް ލިބިފައިވެއެވެ.