ދުނިޔެ

ސެމްސަންގް ގެލެކްސީ އެސް 21 ދައްކާލައިފި

މުހައްމަދު އައުޒަމް

ސެމްސަންގުން ވަނީ އެކުންފުނީގެ އެންމެ ފަހުގެ ފޯނު އެސް21 ގެ ފޯނުތަކުގެ މައުލޫމާތު އާންމުކޮށް ފޯނު ދައްކާލައިފައެވެ.

ސެމްސަންގުން އެސް21 ސީރީސްގެ ތިން ފޯނެއް ތައާރަފުކޮށްފައިވެއެވެ. އެގޮތުން ބޮޑު ސްކްރީން ހިމެނޭ އެސް 21 އާއި ގެލެކްސީ 21 ޕްލަސްގެ އިތުރުން ގެލެކްސީ އެސް21 އަލްޓްރާ ވަނީ ދައްކާލައިފައެވެ.

އެސް21 ފޯނުތަކުގެ ސްކްރީންތައް ކުރީގެ ފޯނުތަކާ ތަފާތުވުމުގެ އިތުރުން ވަރުގަދަ ބެޓަރީއެއް ހިމަނާފައިވެއެވެ. އަދި މީގެ އިތުރުން އެސް 20ގެ ފޯންތަކަށްވުރެ ވަރުގަދަ ކެމެރާތަކެއް އެސް21 ގައި ހިމެނެއެވެ.

ސެމްސަންގް އެސް21 ފޯނުގައި 6.1 އިންޗީގެ ސްކްރީނެއް ހުރެއެވެ. އަދި އެސް21 ޕްލަސްގައި 6.7 އިންޗީގެ ބޮޑު ސްކްރީނެއް ވަނީ ހިމަނާފައެވެ. ނަމަވެސް އެސް21 އަލްޓްރާގެ ސްކްރީނުގައި ހުންނާނީ 6.8 އިންޗި ކަމަށް ސެމްސަންގުން ބުނެއެވެ.

ސެމްސަންގް އެސް21 ގެ ފޯނުތަކަށް މިމަހުގެ 29 ވަނަ ދުވަހު ޕްރީ އޯޑާއަށް ހުޅުވާލާނެ ކަމަށް ސެމްސަންގުން ބުނެއެވެ.