ކޮވިޑް ޖެހިގެން މަލާވީގެ ކެބިނެޓުގެ އިސް ދެ މިނިސްޓަރަކު އަވަހާރަވެއްޖެއެވެ.
ކޮވިޑްގެ ހާލަތު ގޯސްވެފައިވާ ދެކުނު އެފްރިިކާގެ މަލާވީގެ ރައީސް ވަނީ އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވާފައެވެ.
މަލާވީގެ ޓްރާންސްޕޯޓް މިނިސްޓަރު ސިއްދީކް މިއާ އާއި ލޯކަލް ގަވަމަންޓް މިނިސްޓަރު ލިންގްސަން ބެރެކަންޔަމާ ވަނީ ކޮވިޑްޖެހިގެން ފަރުވާ ދެނިކޮށް ނިޔާވެފައިކަމަށް ސަރުކާރުގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.
މަލާވީގެ ސަރުކާރުން ވަނީ މި ދެ މިނިސްޓަރުން އަވަހާރަވުމާއި ގުޅިގެން ހިތާމައިގެ ތިންދުވަސް އިއުލާންކޮށްފައެވެ.
ދާދި ފަހުން މަލާވީގެ ކެބިނެޓް ހުރިހާ މިނިސްޓަރުން ބައްދަލުކޮށްފައިވާއިރު މިނިސްޓަރުންގެ މެދުގައި ބަލި ފެތުރުމުގެ ފުރުސަތު އޮތުމާއެކު އިތުރު ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ.
ކޮވިޑް ޖެހިފައިވާ 9027 މީހުން މަލާވީން ވަނީ ފެނިފައެވެ. އަދި މި ބަލީގައި މިހާތަނަށް 235 މީހުން މަރުވެފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.