އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާއިން ފުރައިގެން އިރުމަތީ ކަލިމަންޓަން ޕްރޮވިންސްގެ ޕޮންޓަނަކަށް ދަތުރުކުރަނިކޮށް ވެއްޓުނު ފްލައިޓުން ދަތުރުކުރި މީހުން މަރުވުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އިންޑޮނޭޝިއާގެ ހާރިޖީ ވަޒީރު ރެޓްނޯ މަރްސޫދީއަށް މިނިސްޓަރު ޝާހިދު ފޮނުއްވި ހަމްދަރުދީގެ މެސެޖުގައި ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު ޖަކާޓާއިން ފުރިތާ ގިނައިރުތަކެއް ނުވެ ޖާވާގެ އައްސޭރި ފަށަށް ސްރިވިޖާޔާ ފްލައިޓް އެސްޖޭ 182 ވެއްޓި، 60 އަށްވުރެ ގިނަ މީހުން މަރުވި ހަބަރު އަޑުއެހީ ހިތާމައާއެކުގައި ކަމަށެވެ.
ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި އިންޑޮނޭޝިއާ ސަރުކާރާއި، ރައްޔިތުން އަދި މަރުވި މީހުންގެ އާއިލާތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި އަމިއްލަ ނަންފުޅުގައި ތައުޒިޔާ ދަންނަވާކަމަށް މިނިސްޓަރުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
އެ މެސެޖުގައި މިނިސްޓަރު ވަނީ މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ދިވެހިންގެ ތައުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގަންނަވައިފައެވެ.
ފްލައިޓު ވެއްޓިފައިވާ ސަރަހައްދުގެ ކަނޑުގެ އަޑިން ފްލައިޓުގެ ބައިތަކާއި އިންސާނުންގެ ހަށިގަނޑުގެ ބައިތަކުގެ އިތުރުން ފަސިންޖަރުންގެ ގިނަ ސާމާނުތަކެއް މިހާރު ވަނީ ނަގައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު