ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ޗެއާޕާސަންގެ މަގާމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ކުރީގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު ޒާހިރާ އައްޔަންކޮށްފި އެވެ.
ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނުގެ ބުނާ ގޮތުން ސީއެމްޑީއޭގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ކަމަށް ބޭފުޅުން އައްޔަން ކުރައްވާނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.
ސީއެމްޑީއޭ އިން ބުނީ އެ ގާނޫނުގައިވާ ގޮތުގެ މަތިން އިއްޔެ އިން ފެށިގެން އެ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ކަމަށް ޒާހިރާ އައްޔަން ކުރައްވާފައިވާ ކަމަށެވެ.
- - އައިޝަތު ޒާހިރާ: ބޯޑުގެ ޗެއާޕާސަން
- - ޗީފް އެގްޒެކެޓިވް އޮފިސަރު : މަގާމު ހުސްކޮށް
- - އާއިޝަތު ނާދިޔާ: ސީނިއަރު އެގްޒެކެޓިވް ޑިރެކްޓަރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
- - އަހުމަދު ސިރާޖް: ސީނިއަ އެގްޒެކެޓިވް ޑިރެކްޓަރު، ސެކްރެޓަރީ ޖެނެރަލް/ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު އަދި ފިނޭންސް މިނިސްޓްރީ
- - މަރްޔަމް ވިސާމް: ރެޖިސްޓްރާ އޮފް ކޮމްޕެނީޒް، އިކޮނޮމިކް މިނިސްޓްރީ
- - ފާތިމަތު ޝަފްނީޒް: ޕްރައިވެޓް ސެކްޓަރު ތަމްސީލުކުރައްވާ ފަރާތެއް
- - ރިފާއަތު ޖަލީލް: ޕްރައިވެޓް ސެކްޓަރު ތަމްސީލުކުރައްވާ ފަރާތެއް
ސީއެމްޑީއޭގެ ސީއީއޯގެ މަގާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި ނާދިޔާ ހަސަން 2019 ގައި އިސްތިއުފާ ދެއްވުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު