އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާއިން ފުރައިގެން އިރުމަތީ ކަލިމަންޓަން ޕްރޮވިންސްގެ ޕޮންޓަނަކަށް ދަތުރުކުރަނިކޮށް ވެއްޓުނު ފްލައިޓުގެ ކަޅު ފޮށި ހޯދައިފިއެވެ.
އިންޑޮނޭޝިއާގެ ނެޝަނަލް ޓްރާންސްޕޯޓް ސޭފްޓީ ކޮމިޓީގެ ޗީފް ވިދާޅުވީ، ސްރީވިޖާޔާ އެއާގެ ފްލައިޓް ވެއްޓުނު ސަރަހައްދުން ފްލައިޓުގެ ދެ ކަޅުފޮށި ހޯދިފައިވާ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަނީ ރައްކާތެރިކަމާއެކު ދެ ކަޅުފޮށި ނެގުމުގެ މަސައްކަތް ކަމަށް ވިދާޅުވި އެވެ.
ކަޅުފޮށި ނެގުމުގެ މަސައްކަތް ޑައިވަރުން ފަށާފައިވާއިރު އެސަރަހައްދުގެ އަޑި ނުސާފުވުމާއި މޫސުމުގެ ސަބަބުން ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ޗީފް ވިދާޅުވި އެވެ.
ފްލައިޓު ވެއްޓިފައިވާ ސަރަހައްދުގެ ކަނޑުގެ އަޑިން ފްލައިޓުގެ ބައިތަކާއި އިންސާނުންގެ ހަށިގަނޑުގެ ބައިތަކުގެ އިތުރުން ފަސިންޖަރުންގެ ގިނަ ސާމާނުތަކެއް މިހާރު ވަނީ ނަގައިފަ އެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ