ގެއްލުނު ފްލައިޓު ވެއްޓުނު ހިސާބު ހޯދިއްޖެއެެވެ.
އިންޑޮނޭޝިއާގެ ސްރީވިޖާޔާގެ ބޯއިންގް 737 މަރުކާގެ ފްލައިޓު ގެއްލިފައިވަނީ ޖަކާޓާއިން ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައެެވެ.
62 މީހުންނާއެކު ގެއްލުނު ފްލައިޓް ކަނޑަށް ވެއްޓިފައިވާ ކަމަށާއި ވެއްޓުނު ހިސާބު ހޯދިފައިވާކަމަށް އިންޑޮނޭޝިއާގެ ނޭވީއިން ވަނީ ބުނެފައެވެ. ފްލައިޓުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތް ވީކަމެއް އަދި އާންމުކޮށްފައެއް ނުވެއެވެ.
ވެރިރަށް ޖަކާޓާއިން ފުރައިގެން އިރުމަތީ ކަލިމަންޓަން ޕްރޮވިންސްގެ ޕޮންޓަނަކް އަށް ދަތުރުކުރި އެފްލައިޓު ވެއްޓެން މެދުވެރި ވި ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ.
ފްލައިޓު ވެއްޓިފައިވާ ސަރަހައްދުން ބޯޓުގެ ބައިތަކެއް ކަމަށް ބެލެވޭ ތަކެތި ފެނިފައިވާއިރު ނޭވީގެ ޑައިވަރުންނާއި 10 ބޯޓެއް އެސަރަހައްދުގައި ހަރަކާތްތެރިވަމުން އެބަ ދެއެެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ