ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މިމަހު 13 ވަނަ ދުވަހުގެ ރޭ ޖަލްސާއެއް ބާއްވަން އެޖެންޑާކޮށްފިއެވެ.
އެ ޖަލްސާ ބާއްވަނީ ލޯކަލް ކައުންސިލު އިންތިހާބު ނުބޭއްވި ލަސްވަމުން ދާތީ އިންތިހާބު ބޭއްވޭނޭ ގޮތް ހެދުމަށް ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ މަސައްކަތް ކުރުމަށެވެ.
ޖަލްސާ ބާއްވަން އެޖެންޑާ ކޮށްފައިވަނީ މިމަހު 13 ވަނަ ދުވަހުގެ ރޭ 8:30 ގައެވެ.
އެޖެންޑާގައި ވަނީ އެ ޖަލްސާގައި އޮންނާނީ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ހުށަހަޅުއްވާފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން ކަމަށެވެ.
އެ ގާނޫނަށް ގެންނަ މައިގަނޑު އިސްލާހުތަކުގެ ތެރޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮތް ނަމަވެސް އިންތިހާބު ބޭއްވޭ ގޮތަށް އިސްލާހު ގެނައުން ހިމެނެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެންމެ ފުރަތަމަ މަސައްކަތް ކުރަމުން ދިޔައީ ފެށޭ މާޗު މަހުގެ ހަ ވަނަ ދުވަހުއެވެ ނަމަވެސް ސިއްހީ ކުލި ނުރައްކަލުގެ ހާލަތު ފެބުރުއަރީ ތިނެއްގެ ނިޔަލަށް އިތުރުކޮށްފައިވާތީ މާޗު މަހުގެ ތެރޭގައި އިންތިހާބު ބޭއްވޭނެ ގޮތް ވަނީ ނުވެފައެވެ. މިހާރު އީސީން އަންނަނީ އޭޕްރީލް 3ގައި އިންތިހާބު ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު