ގަވައިދާ ހިލާފަށް މާފުށީ ޖަލަށް ބަޔަކު ވަން ކަމުގެ މައުލޫމާތު ލިބިގެން އެ ޖަލުގައި ކުރިއަށްގެންދިޔަ ސާޗް އޮޕަރޭޝަނަށް ފަހު ޖަލު އާންމު ހާލަތަށް ގެނެސްފިއެވެ.
މާފުށި ޖަލު ސަރަހައްދަށް މިރޭ ބޭރުން ބަޔަކު ގަވައިދާ ހިލާފަށް ވަން ކަމުގެ މައުލޫމާތު ލިބިގެން ޖަލު ކުއްލި ހާލަތަށް ގެނެސްފައިވެއެވެ.
ޖަލުގައި ކުރިއަށްދާ އޮޕަރޭޝަންގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވައި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއްވެސް ބަޔަކު ޖަލުތެރެއަށް ވަދެފައި ނުވާ ކަމަށާއި އަދި އެއްވެސް ގައިދީއަކު ޖަލުން ފިލާފައި ނުވާ ކަމަށެވެ. އެހެންވެ، ޖަލު މިހާރު އާންމު ހާލަތަށް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖަލުގައި ސާޗް އޮޕަރޭޝަން ކުރިއަށްގެންދިޔައީ ކަރެކްޝަންސްއާއި ފުލުހުން ގުޅިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު