ބައެއް ޖޯޑުތައް ފިލްމުތަކުން އެކުގައި ފެނުމަކީ އެ ތަރީންގެ ސަޕޯޓަރުން ވަރަށް އެދޭ ކަމެކެވެ. އެ ގޮތުން ގުޅޭ ޖޯޑުތަކުގެ ގޮތުގައި މަޝްހޫރުވެފައި ތިބޭ ތަރީން ފިލްމުތަކުން ފެނުމުން އެ ފިލްމުތަލަށް ލިބޭ ތަރުހީބުވެސް ބޮޑުވެ އެވެ.
ސަލްމާން ހާން އާއި ކެޓްރީނާ ކައިފް އަކީ މިފަދަ ޖޯދެކެވެ. މި ދެތަރީން އެކުގައި ކުޅެފައިވާ ފިލްމުތަކަށް ލިބިފައިވާ ތަރުހީބު ބޮޑެވެ. އަދި މި ޖޯޑު އެކުގައި އިތުރު ފިލްމުތަކުން ފެނުމަށް ސަޕޯޓަރުން ބޭނުންވެ އެވެ. ކިތަންމެ ގިނައިން ފެނުނަސް ނުފުދެ އެވެ. ޓައިގާ ސީރީސްގެ ފުރަތަމަ ދެފިލްމު ކަމަށްވާ 2012 ގައި ނެރުނު އޭކްތާ ޓައިގަރް، އަދި 2017 ގައި ނެރުނު ޓައިގަރް ޒިންދާހޭ އަކީ ބެލުންތެރީންގެ ބޮޑު ތަރުހީބެއް ލިބި ކާމިޔާބު ހޯދާފައިވާ ދެ ފިލްމެވެ.
ބޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުގައި ސަލްމާން އަކީ ކެޓްރީނާ މިހާރު އަންނަނީ ޓައިގާ ސީރީޒްގެ ތިން ވަނަ ފިލްމުގެ ޝޫޓިންތައް ފެށުމަށް ތައްޔާރުވަމުންނެވެ. މިހާރު ނިންމާފައިވާ ގޮތުން ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ މާޗު މަހު ފަށާނީ މުމްބާއީންނެވެ. އެއަށްފަހު ފިލްމު ކްރޫ ދާނީ މެދުއިރުމައްޗަށެވެ.
ޓައިގާ ތިނެއް ޑައިރެކްޓް ކުރާނީ މަނީޝް ޝަރްމާ އެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް