ކްރިމިނަލް ކޯޓުގައި ހިނގަމުންދިޔަ ޝަރީއަތުގެ އަޑުއެހުމެއްގައި، ދައުލަތުގެ ވަކީލަކު ދެކެ ލޯބިވާ ކަމަށް ބުނި މީހަކު މާފަށް އެދެން ޖެހިއްޖެ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިކަން ހިނގާފައިވަނީ މި ހަފްތާގައި ބޭއްވި މަސްތުވާތަކެތީގެ މައްސަލައެއްގެ އަޑުއެހުުމުގައެވެ.
އެ ޝަރިއަތުގެ މަޖިލީހުގައި، ވަކާލާތު ކުރި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ އަންހެން ވަކީލަކު ދެކެ ލޯބިވާ ކަމަށް ދައުވާ ލިބޭމީހާ، ބުނީ ގާޒީ އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަވަނިކޮށް ކަމަށްވެސް ވަނީ މައުލުމާތު ލިބިފައެވެ.
އޭނާ އެގޮތަށް ބުނުމުން ޝަރީއަތް މެދުކަނޑާލުމަށް ފަހު، އެކަން ވަކި މައްސަލައެއްގެ ގޮތުގައި ބެލި އެވެ. އަދި ފަހުން އެމީހާ އެކަމަށް މާފަށް އެދުނެވެ.
އެ ކޯޓުގެ އޮފިޝަލަކު ވެސް ވިދާޅުވީ ޝަރީއަތުގެ މަޖިލީހެއްގައި ދައްކައިގެން ނުވާނެ ފަދަ ވާހަކައެއް ދެއްކުމުން ކޯޓު ހުރުމަތް ކެނޑިކަމުގެ މައްސަލައެއްގެ ގޮތުގައި އެކަން ބަލާފައިވާނެ ކަމަށެވެ. ނަމަވެސް އެ މީހާ އެކަމަށް މާފަށް އެދުމުން އެއްވެސް އަދަބެއް ދީފައި ނުވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް