ކްރޮއޭޝިއާ އަށް ބާރުގަދަ ބިންހެލުމެއް އައިސް ފަސް މީހުން މަރުވެއްޖެއެވެ.
މެދުތެރޭ ކްރޮއޭޝިއާއަށް ބިންހެލުން އައިސްފައިވަނީ ރެކްޓާ މިންގަނޑުން 6.4 ގައި ކަމަށް އެގައުމުގެ މީޑިއާއިން ބުނެފައިވެއެވެ. ބިންހެލުމުގެ ސަބަބުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން އަންނަނީ ކުރަމުންނެވެ.
މަރުވި މީހުންގެ ތެރޭގައި އެގައުމުގެ ޕެޓްރިންޖާގެ 12 އަހަރުގެ ކުއްޖަކުވެސް ހިމެނޭކަމަށް މީޑިއާއިން ބުނެފައިވެއެވެ. އަދި ހަތަރު މީހުން މަރުވެފައިވަނީ ގްލީނާ އަވަށުންނެވެ.
ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުން ލިބިފައިވާ ޕެޓްރިންޖާގެ މޭޔަރުވަނީ އެސިޓީގެ ދެބައިކުޅަ އެއްބައި ފުނޑުފުނޑު ވެފައިވާކަމަށް ވިދާޅުވެފައެވެ.
ބިންހެލުމުގެ ލޮޅުން ކްރޮއޭޝިއާ އާއި އަވަށްޓެރި ބޮސްނިއާގެ އިތުރުން ސާބިއާ އަދި ދުރުން އިޓަލީގެ ސަރަހައްދަށްވެސް ކޮށްފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ