ޕާކިސްތާނުންވެސް ކޮވިޑްގެ އާ ވޭރިއަންޓް ފެނިއްޖެއެވެ.
ޕާކިސްތާނުގެ ހެލްތު ޑިޕާޓްމަންޓުން ބުނީ އެގައުމަށް ޔޫކޭ އިން އެތެރެވި 12 މީހެއްގެ ސާމްޕަލް ނަގައި ކޮވިޑަށް ޓެސްޓު ކޮށްފައިވާކަމަށާއި އޭގެތެރެއިން ހަ ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. އަދި ތިން ސާމްޕަލަކުން ކޮވިޑްގެ އާ ވޭރިއަންޓް ފެނިފައިވާކަމަށް ބުނެފައިވެއެވެ.
ޕާކިސްތާނުގެ ހެލްތު ޑިޕާޓްމަންޓުގެ ތަރުޖަމާނު މީރަން ޔޫސުފް ވިދާޅުވެފައިވާ ގޮތުގައި އެގައުމުން ހަދާފައިވާ ޖީނޯޓައިޕިން ޓެސްޓުން އެނގުނު ގޮތުގައި، ޔޫކޭއިން ފެންނަ ވޭރިއަންޓުގެ 95 އިންސައްތަ ޕާކިސްތާނުން އަލަށް މި ފެނުނު ވޭރިއަންޓާ މެޗް ވެއެވެ. ތަރުޖަމާނު ވަނީ ޕޮޒިޓިވް ވި ސާމްޕަލްތައް އަލުން އިތުރު ޓެސްޓުތަކެއް ހެދުމުގެ މަސައްކަތް ފަށާފއިވާކަމަށް ވެސް ވިދާޅުވެފައެވެ.
ޔޫސުފް ވިދާޅުވެފައިވާ ގޮތުގައި ޕޮޒިޓިވް ވި މީހުންނާ ގުޅުން ހުރި މީހުންގެ ހޯދައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.
ޔޫކޭ އިން ފެންނަން ފެށި ކޮވިޑްގެ އާ ވޭރިއަންޓް ނުރައްކާ ނޫން ނަމަވެސް ފެތުރޭ ނިސްބަތް އަވަސްކަމަށް ޑަބްލިއުއެޗްއޯއިން ބުނެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ