ލަންކާގެ ސިނަމާތައް އަންނަ މަހު އެކެއްގައި ހުޅުވަން އެގައުމުން ނިންމައިފިއެވެ.
ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ސްރީލަންކާގެ ސިނަމާތައް ހުޅުވުމުގެ ހުއްދަ ދީފައިވަނީ އެގައުމުގެ ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަ އެވެ.
ސިނަމާތައް ހުޅުވުމުގެ ހުއްދަ ދީފައި ވީނަމަވެސް ލަންކާގައި އައިސޮލޭޓް ކޮށްފައިވާ ހިސާބުތަކުގެ ސިނަމާތައް ނުހުޅުވާނެއެވެ.
ލަންކާގެ ފިލްމީ ދާއިރާ އާއި މުނިފޫހި ފިލުވުމުގެ ދާއިރާގެ ގިނަ ފަރާތްތަކަކުން މީގެ ކުރިންވަނީ ކޮވިޑްގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެފަރާތްތަކަށް ލިބިފައިވާ ގެއްލުންތައް ބޮޑުވަޒީރާ ހިއްސާ ކޮށްފައިކަމަށް އެގައުމުގެ މީޑިއާތަކުން ބުނެއެވެ.
ލަންކާގެ ނެޝަނަލް ފިލްމް ކޯޕަރޭޝަން އިން ވަނީ ސިނަމާތައް ހުޅުވި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ބޭނުން ކުރެވޭނީ އެތަނެއްގެ 24 އިންސައްތަ ކަމަށް ބުނެފައެވެ.
ލަންކާ އަށް ކޮވިޑްގެ ދެވަނަ ރާޅު އެރުމާއެކު ސިނަމާތައް ބަންދުކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ