އާ ވައްތަރެއްގެ ބޮޑު މަހެއް މެކްސިކޯ އިން ފެނިއްޖެއެވެ.

މެކްސިކޯގެ ހުޅަނގު އައްސޭރިފަށުގައި ތަހުލީލެއް ކުރަމުންދިޔަ ސައިންސުވެރިންނަށް އެބާވަތުގެ ތިން ބޮޑުމަސް ފެނިފައިވާކަމަށް ރިޕޯޓްތަކުން ބުނެއެވެ.

މެކްސިކޯގެ ސަން ބެނިޓޯ އައިލެންޑް އާއި 300 މޭލު ދުރުން ފެނިފައިވާ އެބޮޑުމަސްތަކުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ސައިންސުވެރިންގެ ޓީމުން ވަނީ ފަށާފައެވެ.

އެޓީމުން ނެރެފައިވާ ބަޔާނެއްގައި ވާގޮތުން މީގެ ކުރިންވެސް ބޮޑު މަހުގެ އަޑު ސިގްނަލް ރެކޯޑްކުރެވިފައި ވެއެވެ. އެޓީމުން ވަނީ ކޮންމެ ބޮޑު މަހެއްގެ ވެސް އަޑުގެ ސިގްނަލް ތަފާތުވާނެ ކަމަށާއި މިފަހަރު ރެކޯޑް ވެފައިވަނީ ކުރިން ހޯދިފައިނުވާ އާ އަޑެއްކަމުގައެވެ.

ސައިންސުވެރިންނަށް ފެނިފައިވާ އާ ބޮޑުމަހުގެ ޔަގީންކަން ކަށަވަރު ކުރުމަށް ސާމްޕަލް ނަގައި ތަހުލީލު ކުރަމުން އަންނަކަމަށް ބަޔާނުގައި ވެއެވެ.