ގޮތް ނޭނގޭ ބައްޔެއްގައި އިންޑިއާގައި އެޑްމިޓް ކުރި މީހުންގެ އަދަދު 500 އަށް އަރައިފިއެވެ.
އިންޑިއާގެ އާންދްރަ ޕްރަދޭޝް އިން ފެންނަން ފަށާފައިވާ ބަލި މީހުންގެ ހަށިގަނޑުން ވާގިނެތުމާއި ހޭނެތި ހާސްވުން ފަދަ ކަންކަން ފެންނަކަމަށް އެގައުމުގެ އޮފިޝަލުން ވަނީ ބުނެފައެވެ.
އިންޑިއާއިން ފެނިފައިވާ ގޮތް ނޭނގޭ ބަލިމީހުންގެ ގައިން ސާމްޕަލް ނަގައި ތަހުލީލުތައް ހަދާފައިވާއިރު ބަލި މީހުންގެ ލެއިން ގިނަ އަދަދަކަށް ދަގަނޑުގެ އިތުރުން ނެކެލް ކިޔާ މައުދަނެއްގެ އަސަރު ފެންނަ ކަމަށް އެގައުމުގެ އޯލް އިންޑިއާ އިންސްޓްޓިއުޓް އޮފް މެޑިކަލް ސައިންސްގެ ޓީމުން ވަނީ ބުނެފައެވެ.
ތަހުލީލު ކުރި ޓީމުން ވަނީ ބަލި 10 މީހެއްގެ ލޭ ނަގައި ޓެސްޓު ކޮށްފައެވެ. އިތުރަށް ކަށަވަރުކުރުމަށް އިތުރު 20 މީހެއްގެ ލޭ ނަގައި ތަހުލީލުތައް ފަށާފައިވާކަމަށް އެޓީމުން ވަނީ ބުނެފައެވެ.
ބަލިޖެހިގެން މިހާތަނަށް 505 މީހުން އެޑްމިޓްކޮށްފައިވާއިރު އެކަކު މަރުވެފައިވާކަމަށް ވެސް އެގައުމުގެ ސިއްހީ އޮފިޝަލުން ބުނެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ