ގާޒާ އިން ކޮވިޑް ޓެސްޓު ކިޓް ހުސްވެ ހާލަތު ގޯސްވެއްޖެއެވެ.
ފަލަސްތީނުގެ ގާޒާގެ ސިއްހީ އޮފިޝަލަކު ވަނީ ޓެސްޓު ކިޓުތައް ހުސްވެފައިވާ ކަމަށާއި އިސްރާއީލުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކިޓް ލިބުން ދަތިވެފައިވާ ކަމަށް ބުނެފައެވެ.
ހެލްތު މިނިސްޓްރީގެ އޮފިޝަލު ވަނީ އެގައުމުގެ ކޮވިޑްގެ ހާލަތު ގޯސްވެފައިވާ ކަމަށާއި ބޭނުންވާ ޒަރޫރީ އާލާތްތައް ވީހާވެސް އަވަހަށް ބޭނުންވާކަމަށް ފާހަގަކުރައްވައިފައެވެ.
ހެލްތު މިނިސްޓްރީން ނެރެފައިވާ ސްޓޭޓްމަންޓެއްގައި ބުނީ ގާޒާގައި ހުންނަ ހަމައެކަނީ ޓެސްޓް ލެބް އެއްކޮށް ހުއްޓިފައިވާ ކަމަށާއި ވޭތުވެދިޔަ ހަތަރު ދުވަހު އެއްވެސް ޓެސްޓު ކިޓެއް ލިބިފައި ނުވާ ކަން ފާހަގަކޮށްފައެވެ.
ޑަބްލިއުއެޗްއޯގެ އިތުރުން އދ އާއި ކަމާބެހޭ ފަރާތްތަކުގައި ގާޒާއަށް ބޭނުންވާ ސިއްހީ އެހީތެރިކަން ހޯދައިދިނުމަޑް މިހާރުވަނީ އެދިފައި ކަމަށްވެސް އޮފިޝަލު ވިދާޅުވި އެވެ.
ފަލަސްތިނުގައި ހަރަކާތްތެރިވާ އދ ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ އިން ވަނީ ގާޒާގެ ސިއްހީ ނިޒާމު ބޮޑު އަޑިގަނޑަކަށް ވެއްޓިފައިވާ ކަމަށާއި ކޮވިޑް ކޭސްތައް އިތުރުވެ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށްވެސް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ