ޓައިވާނުގައި މިހަކު އަށް ސިކުންތަށް ކަރަންޓީނާ ހިލާފުވުމުން 3500 ޑޮލަރުން ޖޫރިމަނާ ކޮށްފިއެވެ.
ޓައިވާނުގެ ހޮޓަލެއްގައި ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރަނިކޮށް އެމީހާ ހުރި ހޮޓަލުގެ ކޮޓަރިން ނިކުތުމާއެކު އެކަން ވަނި އެހޮޓަލުގެ ފަރާތުން ކަމަބެހޭ ފަރާތްތަކަށް ހުށަހަޅައިފައެވެ.
އެމީހާ ކޮޓަރިން ނިކުތްކަން އެތަނުގައި ހުރި ސީސީޓީވީ އަށް ވަނީ އަރައިފައެވެ. އަދި އެގައުމުގެ ޑިޕާޓްމަންޓު އޮފް ހެލްތައް ހުށަހަޅައި މައްސަލަ ބެލިބެލުމުން ވަނީ އެމީހާ ކޮޓަރިން ނިކުމެ ފެންޑާގައި އަށް ސިކުންތު ވަންދެން ހުރިކަމަށް ފެނިފައެވެ.
ޑިޕާޓްމަންޓް އޮފް ހެލްތުން ވަނީ އެމީހާ 100،000 ޓައިވާން ޑޮލަރު ނުވަތަ 3500 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ.
ޓައިވާނުގެ ކަރަންޓީނު ގަވާއިދުގައި ވަނީ އެއްވެސް ހާލަތެއްގައި ކޮޓަރިން ނިކުތުން މަނާކޮށްފައެވެ. އެގައުމުގެ 56 ހޮޓަލެއް ކަރަންޓީނު ހޮޓާގެ ގޮތުގައި ގާއިމްކޮށްފައި ވާއިރު 3000 ކޮޓަރި ކަރަންޓީނަށް ކަނޑައަޅާފައިވެއެވެ.