އިރާނުގެ ސައިންޓިސްޓް މަރާލާފައިވަނީ ސެޓަަލައިޓުން ކޮންޓްރޯލްކުރާ ބަޑިއަކުން ހަމަލާދީގެން ކަމަށް ރިވޮލިއުޝަނަރީ ގާޑްސްގެ ކޮމާންޑަރު ބުނެފިއެވެ.
މިދިޔަމަހުގެ 27 ވަނަ ދުވަހު ބަޑިން ހަމަލާދީގެން މަރާލާފައިވާ އިރާނުގެ އެންމެ މަތީ ނިއުކްލިއާ ސައިންޓިސްޓު މޮހްސެން ފަހްރިޒަދެންގެ މަރުގެ މައްސަލައިގެ ތަހުގީގު ކުރިޔަށްދާއިރު އެ ހަމަލާ ދިން ގޮތް މިހާރު ވަނީ ހޯދިފައެވެ.
އިރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް އަލީ ފަދްވީ އެގައުމުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހަމަލާ ދިނުމުގައި ބޭނުންކޮށްފައިވަނީ އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި މަސައްކަތް ކުރާ ބަޑިއެއް ކަމުގައެވެ.
ބްރިގޭޑިއާ ޖެނެރަލް އަލީ ފަދްވީ ވަނީ އެބަޑި ހަރުކޮށްފައި ހުރީ ޕިކަޕެއްގައި ކަމަށާއި ބަޑި ކޮންޓްރޯލް ކޮށްފައިވަނީ ސެޓަލައިޓް މެދުވެރިކޮށް އާޓިފިޝަލް އިންޓަލިޖެންސްގެ އެހީގައިކަމަށް ވިދާޅުވެފައެވެ.
ބްރިގޭޑިއާ ޖެނެރަލް ވިދާޅުވީ ބަޑީގެ ހަމަލާގައި ހަތަރު ވަޒަން މޮހްސެން ފަހްރިޒަދެންގެ ބޮލަށް އަރާފައިވާއިރު ކައިރީގައި އިން އޭނާގެ އަންނެހުންނަށް އެއްވެސް ހަމަލާއެއް އަމާޒުވެފައި ނުވާ ކަމަށެވެ.
އިރާނުން ވަނީ ހަމަލާގެ ފަހަތުގައިވަނީ އިސްރާއީލު ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ