ހުވަދޫ އަތޮޅުގެ ރަށެއްގައި އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހުވަދު އަތޮޅު ރަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ ބުދަ ދުވަހު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން މިއަދު ހަވީރު 36 އަހަރުގެ ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު ހައްޔަރުކޮށްފައިވާ އިރު، މިދިޔަ ބުދަ ދަވަހު ސެލޫނެއްގައި ބަދުއަހުލާގީ އަމަލު ހިންގަމުންދިޔަ ދެ ބިދޭސީއަކާއި ދިވެއްސަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.