ޗައިނާގެ މައިނެއްގައި ގޭސް ލީކުވެ ގިނަބަޔަކު މަރުވެއްޖެއެވެ.

ޗައިނާގެ ގައުމީ ޓީވީން ވަނީ އެގައުމުގެ ކޯލް މައިނެއްގައި ކާބަން މޮނޮކްސައިޑް ގޭސް ލީކުވުމާއެކު އެވަގުތު މައިނުގައި މަސައްކަތް ކުރަމުންދިޔަ 18 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައެވެ. އަދި ފަސް މީހަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

ޗައިނާގެ ޗޮންކިންގައި ހުންނަ އެމައިނުގައި ހިނގި ހާދިސާގައި ސަލާމަތް ވެފައިވަނީ އެކަކު ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުން އެހާދިސާ ހިނގަން މެދުވެރިވީ އެތައް ދުވަހެއްވަންދެން ބަންދުކޮށްފައި ހުރި އެމައިންގައި މަސައްކަތް ކުރުމުގެ ތެރޭގައި ހޮޅިއެއް ފަޅައިގެން ދިއުމުގެ ސަބަބުންނެވެ.

ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެހާދިސާ ތަހުގީގުކުރަން ފަށައިފައެވެ.