އަމިއްލަ ރުހުމުގައި ހެޔޮހިތުން ކުރާ އިންސާނީ ހިދުމަތަށްވުރެ އަގުބޮޑު ހިދުމަތެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރަމުން އަންނަ ދަރުމަވެރިންގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ހުރިހާ ދަރުމަވެރިންނަށް އަރިސްކުރައްވައި ނައިބު ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބަދަލަކަށް އެދުމެއްނެތި، އަމިއްލަ ރުހުމުގައި ހެޔޮހިތުން ކުރާ އިންސާނީ ހިދުމަތަށްވުރެ ވަކިން އަގުބޮޑު ހިދުމަތެއް ނެތް ކަމަށެވެ.
"އަމިއްލަ ރުހުމުގައި ހެޔޮހިތުން ކުރާ އިންސާނީ ހިދުމަތަށްވުރެ ވަކިން އަގުބޮޑު ހިދުމަތެއްނެތް. ތިޔަ ދީލަތި ހިދުމަތަށް ޝުކުރިއްޔާ،" ނައިބު ރައީސް ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރަމުން އަންނަ ދަރުވަމަވެރިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ޑިސެންބަރު މަހުގެ ފަސްވަނަ ދުވަހެވެ.
ރާއްޖޭގައި ވެސް ގިނަ އަދަދަކަށް ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތައް ރަޖިސްޓްރީ ކޮށްފައިވެއެވެ. އަދި އެ ޖަމިއްޔާތަކުން އަންނަނީ އެކި ގޮތްގޮތުން މަދަދަށް ބޭނުންވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު