މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ހަވަނަ ދައުރަށް މެންބަރުން އިންތިހާބުކޮށްފި އެވެ.
އެމްއެމްސީގައި މިހާރު ތިބި މެންބަރުންގެ ތެރެއިން 13 މެންބަރެއްގެ ދައުރު މިމަހުގެ 11 ވަނަ ދުވަހަށް ހަމަވާތީ، އެ ކައުންސިލަށް އަލުން މެންބަރުން ހޮވުމަށް މިއަދު ވަނީ އިންތިހާބު ބާއްވައި، މެންބަރުން އިންތިހާބުކޮށްފައެވެ.
އެމްއެމްސީ އެކުލެވިގެންވަނީ 15 މެންބަރުންގެ މައްޗަށެވެ. އެއީ މީޑިއާތަކުން އަށް މެންބަރުންނާއި އާންމުންގެ ހަތް މެންބަރުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ އިންތިހާބީ މަރުކަޒުގައި މިއަދު ކުރިއަށްގެންދިޔަ އިންތިހާބުގައި ޖުމްލަ 29 މީހަކު ކުރިމަތިލިއެވެ. އެއީ މީޑިއާތަކުން ކުރިމަތިލި 15 މީހަކާއި އާންމުންގެ ތެރެއިން ކުރިމަތިލި 14 މީހެކެވެ.
މީޑިއާ ކައުންސިލުގައި މިހާރު ތިއްބަވާ މެންބަރުންގެ ތެރެއިން މީޑިއާގެ މެންބަރަކާއި އާންމުންގެ ތެރެއިން އިންތިހާބުވެފައިވާ މެންބަރެއްގެ ދައުރު ހަމަނުވާތީ، މިއަދު ބޭއްވި އިންތިހާބުގައި އިންތިހާބުކުރީ މީޑިއާގެ ހަތް މެންބަރަކާއި އާންމުންގެ ހަ މެންބަރެކެވެ.
- އަލީ ހުސައިން، ޕީއެސްއެމް
- މުއިއްޒު އިބްރާހިމް، މިހާރު އޮންލައިން
- އާދަމް ނަވާޒު، ވަގުތު އޮންލައިން
- ހަސަން ޝާކިރު މުހައްމަދު، އަސްދަނޑި މަޖައްލާ
- އާދަމް ނަޒީރު، ހަތާވީސް އޮންލައިން
- ސަހުބާން ފަހުމީ، ސަންގު ޓީވީ
- ހުސައިން ޝަގީފު، ތިލަދުން
- އަންވަރު އިބްރާހިމް، މަންޒިލް، ބ. ތުޅާދޫ
- އިބްރާހިމް ފައުޒީ، ބާޑްވިލާ، ބ. ތުޅާދޫ
- ޝަފާއަތު ހަބީބު، ފޭދޫ، ގދ. ހޯޑެއްދޫ
- މުހައްމަދު ޝަފާއު ހަސަން، މ. ރިވެލިގެ، މާލެ
- ފާތިމަތު އަހްމަދު، ޝަހީމީ މަންޒިލް، ގއ. ވިލިނގިލި
- އަހުމަދު މޫސާ، ހ. އަމްސާވިލާ، މާލެ
މިއަދު ބޭއްވި އެމްއެމްސީ އިންތިހާބުގައި ވޯޓުލުމަށް ޖުމްލަ 199 މީޑިއާއަކުން ރަޖިސްޓްރީ ކުރިއެވެ. އޭގެ ތެރެއިން ވޯޓުގައި ބައިވެރިވީ 187 މީޑިއާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު