އާސެނަލްއާ ދެކޮޅަށް ވުލްވްސްއިން ކުޅުނު މެޗުގައި ވުލްވްސްގެ ފޯވަޑް ރައުލް ހިމަނޭޒްގެ ބޮލުގެ ނާށިގަނޑަށް ލިބުނު އަނިޔާއަށްފަހު، ފުރަތަމަ ފަހަރަށް އޭނާ ވާހަކަ ދައްކައިފިއެވެ.
ވުލްވްސްގެ މެކްސިކޯ ފޯވަޑް ހިމަނޭޒްގެ ބޮލަށް އަނިޔާވީ އާސެނަލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒްގެ ބޮލުގައި ޖެހިގެންނެވެ. ލުއިޒްއާއި ދެކުޅުންތެރިން ޖެހި ހިމަނޭޒްގެ ބޮލަށް އަނިވެފައިވާ އިރު، އޭނާ ދަނޑުން ބާލައިގެން ގެންގޮސްފައިވަނީ ސީދާ ހޮސްޕިޓަލަށެވެ. ދަނޑުމަތީގައި އޮކްސިޖަނާއެކު ގާތްގަނޑަކަށް ދިހަ ވަރަކަށް މިނެޓް ވަންދެން އޭނާއަށް ފަރުވާ ދީފައިވެއެވެ.
ނުރައްކާތެރި އަނިޔާއާ ގުޅިގެން ވުލްވްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހިމަނޭޒްގެ ބޮލުގެ އޮޕަރޭޝަނެއް ރޭ ކޮށްފައިވާ ކަމަށާއި ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. ހިމަނޭޒްގެ ބޮލުގެ ނާށިގަނޑުގެ ބައެއް ރެނދުލާފައިވާ ކަމަށްވެސް ވުލްވްސްއިން ބުނެފައިވެއެވެ. އަދި ހޮސްޕިޓަލުން ދޫކޮށްލުމާއެކު ރިކަވަރީގެ މަސައްކަތް ކުރަމުންދާނެ ކަމަށްވެސް ކްލަބުން ބުނެފައިވެއެވެ.
މިވަގުތުވެސް ހޮސްޕިޓަލުގައި ހިމަނޭޒްއަށް ފަރުވާ ދެމުން އންނަ އިރު، މީސް މީޑިއާ މެދުވެރިކޮށް އޭނާ ދިން މެސެޖުގައި ބުނެފައިވަނީ "ސަޕޯޓަރުންގެ މެސެޖުތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. މިވަގުތު އަހަރެން މިއޮތީ އޮބްޒަވޭޝަންގައި. އުންމީދުކުރަނީ ވަރަށް އަވަހަށް ދަނޑަށް އެނބުރި އާދެވޭނެ ކަމަށް،" މިހެންނެވެ.
ހިމެނޭޒްގެ އަނިޔާއާއި ގުޅިގެން، އޭނާއަށް ހާއްސަ ބެނާއެއް ވުލްވްސްގެ ދަނޑުގައި ދެމުމަށް ސަޕޯޓަރުން ވަނީ ހާއްސަ ފަންޑް ރައިސިން ކެމްޕޭނެއް ފަށައިފައެވެ. ދެގަޑިއިރުގެ ތެރޭގައި ކެމްޕޭނަށް 8،000 ޕައުންޑް ލިބިފައިވާ އިރު، 7،500 ޕައުންޑަށްވުރެ އިތުރުވާ ކޮންމެ ޕައުންޑެއް ހިމަނޭޒް ބޭނުން ޗެރިޓީއަކަށް އެހީވާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
ހިމަނޭޒްއަށް ހެޔޮ އެދޭ މެސެޖުތައް ފޮނުވުމަށްވެސް ވުލްވްސްއިން ހުޅުވާލާފައިވާ އިރު، 24 ގަޑިއިރު ނުވަނީސް އެ ޕޯޓަލްއަށް 10،000 އަށްވުރެ ގިނަ މެސެޖު ލިބިފައިވެއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު