ޚަބަރު

ކަރަންޓުގައި ޖެހުނު އަންހެނަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެނީ

މަރިޔަމް ޝަހުދާ

ކަރަންޓުގައި ޖެހުނު އަންހެނަކަށް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން ބުނީ ގަލޮޅު ގެއެއްގައި މީހަކު ކަރަންޓުގައި ޖެހުނު މައްސަލައެއް އިއްޔެ 13:18 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ކަރަންޓުގައި ޖެހިފައިވަނީ 38 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ. މި އަންހެންމީހާއަށް އައިޖީއެމްއެޗް އިން ފަރުވާ ދެމުން އަންނަ ކަމަށާއި އެމީހާގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ބުނެއެވެ.

މިކަމާ ގުޅިގެން "ވަން" އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އަންހެން މީހާ އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ވިދާޅުވިއެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.